English Edition
Dhivehi Edition
މުހައްމަދު ލަތީފް (ސެންބެ) ވޯޓުލެއްވުން/ ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ކެންޑިޑޭޓްގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓުލައްވައިފިއެވެ.

މުއިއްޒު ވޯޓު ލައްވާފައި ވަނީ ތާޖުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައިވާ މާފަންދު ދެކުނު ދާއިރާގެ އެއް ނަންބަރު ވޯޓު ފޮއްޓަށެވެ. އަދި ސެންބެ ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފަރެސްމާތޮޑާ ދާއިރާގެ ފޮއްޓަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވޯޓުލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:00ގެ ފަހުންނެވެ.

ރިޔާސީ އިންތިހާބުގެ މި ބުރުގައި 282604 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މި ބުރުގައި ވޯޓުލުމަށް 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.