English Edition
Dhivehi Edition
ޑރ.މުއިއްޒު /ފޮޓޯ:ޕީޕީއެމް

އައްޑޫގައި އައްސޭރި ޓޫރިޒަމް ތައާރަފުކޮށް، 6،000 އެނދު ގާއިމްކުރާނެކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ހިތަދޫ ދެކުނު ދާއިރާގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ވިދާޅުވީ އައްޑޫގައި އައްސޭރި ޓޫރިޒަމް ތައާރަފުކޮށް، 10،000 ވަޒީފާ އިތުރު ކުރުމަކީ އޭނާގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މި ސަރުކާރަށް މިހާތަނަށްވެސް އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ގޮތަކަށް އެ ސިޓީ ތަރައްގީކުރެވިފައިނުވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި ދޭނެކަމަށެވެ. ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓާނެކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާ އަށް އިތުބާރުކޮށް، ވެރިކަމަށް ހޮވައިދީފި ނަމަ ތެދުވެރިކަމާ އެކު ހިދުމަތް ކޮށްދޭނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގާއިމްކުރާނީ ރެ އާއި ދުވާލު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަވަދިނެތި އުޅޭ ހީވާގި ސަރުކާރެއް ކަމަށެވެ.