English Edition
Dhivehi Edition

އެމްޑީޕީގެ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ހިތްދަތިކަމާއި އުދާސްތައް އެންމެ ބޮޑަށް ތަޖުރިބާ ކުރަން ޖެހޭ ބަޔަކީ އައްޑޫ ރައްޔިތުންކަމަށް އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައި މިއަދު ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އެންމެ ބޮޑު އަމާޒަކީ މި ރާއްޖޭގެ ރައްޔިތުން އެތަކެއް ޒަމާންތަކަކަށް އުންމީދުކުރަމުން އައި ކަންތައްތައް ފުރިހަމަކޮށްދީ އެކަންކަން ހަމަޖައްސައިދިނުން ކަމަށެވެ.

ނަރުދަމާއާއި ސާފު ބޯފެނުގެ ނިޒާމު ގާއިމްވެފައި އޮތުމުން އެއީ ފަސޭހައެއް ކަން އެންމެ ރަނގަޅަށް އިހުސާސްވާ ބަޔަކީ އައްޑޫ މީހުންކަން ފާހަގަކުރަމުން އަސްލަމް ވިދާޅުވީ އެކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުރިހަމަކޮށްދިނީ މި ސަރުކާރުން ކަށެވެ.

އެކަންކަން ބަލައިގަތުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދެމުން އަސްލަމް ވަނީ އައްޑޫ އަށް އަނިޔާވެރިވި ސަރުކާރަކަށް ފުރުސަތު ނުދިނުމަށް ގޮވާލާފައެވެ.