English Edition
Dhivehi Edition
ހުޅުމާލެ ފޭސް 2

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓެއް ލިބޭ ފަރާތެއް ނަމަ އެކަން ޕޯޓަލް އިން ފެންނަން ހުންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ،

ހައުސިން މިނިސްޓްރީން ބުނީ، ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީން އިޢުލާންކުރި ވަގުތީ ލިސްޓްގައިވާ ޝަރުޠު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ހުށަހެޅި ޝަކުވާތައް އެ މިނިސްޓްރީން ބެލުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށެވެ. އަދި ޝަރުޠު ހަމަނުވާ ފަރާތްތަކަށްވެސް ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބުދީފައިވާނެކަމަށް އެ މިނސިްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ކުރިޔަށްއޮތް 7 ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ.