ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފިއެވެ.
ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާ ކެންސަލް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދެ މެންބަރުން މަދުވާ ކަމަށާއި އެހެންނަމަވެސް ބައެއް މެންބަރުން ކުޑަ ދަށުގައި އެބަތިއްބެވި ކަމަށެވެ.
އެބޭފުޅުންގެ އިންތިޒާރުގައި ވަގުތުކޮޅެއް ހޭދަ ކުރެއްވުމަށް ފަހު ނަޝިދު ވިދާޅުވީ މާދަމާ ޖަލްސާ ބާއްވަން ނިންމަވާނީ އެމްޑީއާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
މިއަދުގެ އެޖެންޑާގައި މައިގަނޑުގޮތެއްގައި އޮތީ ނިޒާމާއި ގުޅޭ ވޯޓާއި ގުޅިގެންމަޖިލީހުން ފާސްކުރި ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގެ މައްސަލައެވެ.