English Edition
Dhivehi Edition
ޝަފިއްޔާ ޒުބައިރު

މީގެ ކުރިން އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އަދި ދަ ޑިމޮކްރެޓްސްގެ ހަރުގޭގެ ވެރިޔާ، ޝަފިއްޔާ ޒުބައިރު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނާ ގުޅިއްޖެއެވެ.

އެމްޑީޕީ ތެރޭގައި އުފެދިގެން ދިޔަ ހަމަނުޖެހުންތަކާ އެކު އުފެއްދި ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުނު ޝަފިއްޔާ، އިންތިހާބުގެ ފުރަތަމަ ބުރުގައި ތާއިދުކުރީ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މުއިއްޒު ވާދަކުރައްވާއިރު ޑިމޮކްރެޓްސްއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ. އެހެންކަމުން އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު އަށް ތާއިދުކުރަން ނިންމާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމާފައެވެ.