English Edition
Dhivehi Edition
ކ. ގުރައިދޫ ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ - ފޮޓޯ: އީސީ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށް އިތުރު 12 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ އިން ބުނީ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން އިތުރު ފޮށިތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

މި ގޮތުން އިތުރު ފޮށިތައް ބަހައްޓާފައިވަނީ:

  • މާލޭގެ މީހުން ވޯޓު ލާން އިތުރު 3 ވޯޓު ފޮށި
  • ވިލިމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލާން އިތުރު އެއް ފޮށި
  • ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލާން އިތުރު ހަތަރު ފޮށި
  • މާލޭގައި ދިރިއުޅޭ ހއ އާއި ށ. އަދި ލ. އަތޮޅުގެ މީހުން ވޯޓު ލާން ކޮންމެ އަތޮޅަކަށް އިތުރު ވޯޓު ފޮށްޓެއް
  • އިންޑިއާގައި ދިރިއުޅޭ ދިވެހިން ވޯޓުލާން ޓްރިވެންޑްރަމްގައި އިތުރު ވޯޓު ފޮށްޓެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282,803 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.