English Edition
Dhivehi Edition

ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ. ނިމާލް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ.

ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވީ އުމުރުން 36 އަހަރުގައެވެ. އަޙްމަދު ނިމާލް ޖުނައިދު ޖަނާޒާ އޮޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުުގައެވެ.

ބެޗްލަރސް އޮފް ލޯ އިން ޝަރީއާ ފުރިހަމަކުރައްވާފައިވާ ނިމާލް ސިވިލްކޯޓްގެ ޤާޟީގެ މަގާމަށް އައްޔަންކުރެއްވީ 2022 ވަނަ އަހަރުގެ މާޗްމަހުއެވެ.
އޭގެ ފަހުން ސިވިލް ކޯޓުގެ އިސްޤާޟީ އަބްދުﷲ އަލީ، ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދާއި ހަވާލުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 22 ވަނަދުވަހުއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ނިމާލް ހަމަޖައްސާފައި ވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ.