English Edition
Dhivehi Edition
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ހިތަދޫ އެހެނިހެން ދާއިރާގެ ވޯޓު މަރުކަޒުގެ އޮފިޝަލުންތަކެއް ޙަރަކާތްތެރިވަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރ ކުރަން 47000 މީހުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ރަޖިސްޓްރީވުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ނަވާރަ ހާހަށް ވުރެ ގިނަ ފޯމު އިއްޔެ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ހަތާވީސް ހާހަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ މި ފޯމުތަކުގެ ސައްހަކަން ކަށަވަރު ވުމާއެކު ރީރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ، މީގެ އިތުރުން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ވެސް މި މައުލޫމާތު ހިއްސާކުރާނެކަަމަށް ހަބީބް އިން ވަނީ ވިދާޅުވެފައެވެ،

ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ