ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 4 ވަނަ ބައިގައި މިގެނެސްދެނީ ދަރިމައިވާ އުމުރުފުރާގެ ގިނަ ބައެއްގެ މެދުގައި އާންމު ބައްޔެއްކަމަށްވާ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް(ޕީ.ސީ.އޯ.އެސް) އަކީ ކޮބައިކަމާއި އެ މައްސަލަ ދެނެގަންނާނެ ގޮތްތަކާއި މައްސަލަ ދިމާވުމާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ
ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް(ޕީ.ސީ.އޯ.އެސް) އަކީ ކޮބާ؟
މިއީ ދަރިމައިވާ އުމުރުފުރައިގާ އަންހެނުންގެ ގައިގައި ފިރިހެން ހޯމޯން ކަމަށްވާ ” އެންޑްރޯޖަން” ގިނަވެ ބިސްދައުރުކުރާ ނިޒާމަށް ބުރޫ އަރާ ފެންނަ އަލާމަތް ތަކަކަށް އެކުލެވިގެންވާ ހާލަތެކެވެ.
ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟
1.މައްސަރުކަންތައްތަކަށް އަންނަ ބަދަލު:
– ގަވައިދުން ނުވުން
– މަދުން ލޭފޭބުން ނޫނީ ގިނައިން ލޭ ފޭބުން
– ގިނަދުވަސް ތަކެއް ވަންދެން މައްސަރުކަންތައް ނުވެހުރުން
– ފިރިހެންވަންތަ ގޮތަށް ގައިގައި އިސްތަށި ފެޅުން. މިސާލަކަށް، މޫނާއި މޭމަތި އަދި ބުރަކަށީގައި އިސްތަށި ފެޅުން
– މޫނުގައި އޮށާޅަނެގުން
– ފިރިހެންވަންތަ ގޮތަށް އިސްތަށި ފޭބުން
3.ބަރުދަން ލުއިކުރުމަށް އުނދަގޫވުން
4.ދަރިމައިވުމަށް އުނދަގޫވުން
މިހާލަތު ދިމާވާ ސަބަބު ތަކަކީ ކޮބާ؟
މައިގަނޑު ސަބަބެއް އަދި ހޯދިފައި ނުވާހިނދު ދިރާސާތަކުން ދައްކާ ގޮތުން ފާހަގަ ކުރެވޭ ބައެއް ސަބަބުތައް ބަޔާންކޮށްލާނަމެވެ.
* އާއިލާގެ ތެރޭގައި މިހާލަތު ވާރުތަވަމުން އަންނަކަމެއްކަމުގައި ފާހަގަކުރެވެއެވެ.
* ބައެއް ހާލަތްތަކުގައި ގައިގާ އިންސިއުލިން (ގައިގާ ހަކުރު ކޮންޓްރޯލް ކޮށްދޭ ހޯމޯނެއް) ގިނަވުމަކީ ކުރިންދެންނެވި ފިރިހެން ހޯމޯން “އެނޑްރޯޖަން” ގިނަކޮށްދޭ ކަމެކެވެ. އަދިއެހެންމެ އިސްކޮޅާ އަޅާހުންނަންޖެހޭ ބަރުދަން (ބީ.އެމް.އައި) މަތިކޮށް ހުންނަކަމުގައި ވާނަމަ އިންސިއުލިން ހަށިގަނޑުގައި ގިނަވާކަން ހޯދިފައިވެއެވެ.
* ހަށިގަނޑުގައި އުފެއްދޭ އިންސިއުލިންއަށް ސެލްތައް އިޖާބަނުދިނުން.
* ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް އިންފްލެމޭޝަންގެ އަސަރުހުރުން.
ޕީ.ސީ.އޯ.އެސް ދެނެގަންނާނީ ކިހިނެއް؟
– މިއީ މިހާލަތު ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަހުލީލެކެވެ.
– “އޯވަރީ” ދިވެހިން ކިޔާގޮތުންނަމަ ބިސްރަވާ، ޕީ.ސީ.އޯ.އެސް ގައި ފެންނާނީ ސައިޒުން ބޮޑުކޮށެވެ. އޭގައިވާ ފޮލިކަލްސް (ބިސްދޫކުރާ ފެންބޮތްކެންހެން ހުންނަ އެއްޗެއް) މައްސަރުވުމުގެ ކުރިން އަންނަން ޖެހޭ ބަދަލުތައް ނައިސް ބޮޑުނުވުމުގެ ސަބަބުން ކުދި ކުދި ، 10މިލިމީޓަރަށް ވުރެ ކުޑަ ސިސްޓްތަކެއްގެ ގޮތުގައި ބިސްރަވާގެ ވަށައިގެން އަމުނާ ލެވިފައި ހުންނަ މަންޒަރު ފެނިގެނދެއެވެ.
– މީގެން ހަށިގަނޑު ގައި ބިސްދައުރުކުރާ ނިޒާމަށް މުހިންމު ހޯމޯން (ލިއުޓަނައިޒިން ހޯމޯން، ފޮލިއުކުލާ ސްޓިމިއުލެޓިން ކަހަލަ ހޯމޯން) އަދި އެންޑްރޯޖަން ކަހަލަ ފިރިހެން ހޯމޯން ހުރި ވަރު ބަލާ ލެވޭނެއެވެ. އަދި އެހެންމެ ހަކުރު އަދި ކޮލޮސްޓޮރޯލްގެ މިންވަރު ބަލާލެވިގެން ދެއެވެ.
ޕީ.ސީ.އޯ.އެސް އަށް ދެވޭނީ ކޮންފަރުވާއެއް؟
ފަރުވާ ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުން، ދެވޭ ބޭސް(ދޭތެރެ ދުރުކުރާ ބޭސް،ހަކުރު ދައްކުރާ ބޭހެއްކަމަށްވާ “މެޓްފޯމިން”) ، އަދި ބޭހުން ރަނގަޅުނުވަނީނަމަ ކުރެވޭ އޮޕަރޭޝަން( ލެޕްރަސްކޯޕިކް އޯވޭރިއަން ޑްރިލިން) ހިމެނެއެވެ.
އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (މާބަނޑު ދުވަސްވަރު ލޭމައްޗައް ދިއުން، ބައިގެންދިއުން، ނަފްސާނީ ބަލިމަޑުކަން، ހަކުރުބަލި ޖެހުން، މެޓަބޮލިކް ސިންޑޮރޯމް ފަދަ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (އަންހެނުންގެ ޑޮކްޓަރުން، އެންޑޮކަރައިނޮލޮޖިސްޓުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.
މިކަން ތަހަމްކުރައްވާ ބޭފުޅުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތަކުގެ ތެރޭގައި:
– ބަރުދަން އިސްކޮޅާ އަޅާ ހުންނަޖެހޭ މިންވަރުގައި(ބީ.އެމް.އައި) ބެހެއްޓުން
– މިގޮތުން މިންހެޔޮ ކާނާ ބޭނުން ކުރުމާއި ކަސްރަތުކުރުން (މަދުވެގެން ހަފްތާއަކު 5 ދުވަހު 30 މިނެޓް) ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުން ހަށިގަނޑުގެ ބަރުދަން %10އަށް ލުއިކޮށްފިނަމަ މައްސަރު ކަންތައް އާންމު ހާލަތަށް ރުޖޫއަވެއެވެ.