English Edition
Dhivehi Edition
ގއ. ވިލިނގިލީގައ ވޯޓުލާ ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 25،000 މީހުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން( އީސީ) އިން ބުނެފިއެވެެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހުކުރު ދުވަހު އެކަނިވެސް 9،206 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 7،267 ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށް ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ރީ-ރަޖިސްޓްރީ ކުރަން 16،287 ފޯމް ހުށަހެޅިއިރު އޭގެތެރެއިން 11،082 ފޯމް ހުށަހަޅާފައި ވަނީ އޮންލައިންކޮށެވެ. ރީ-ރަޖިސްޓަރީ ވުމަށް ފުރުސަތުގައޮ އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1,546 ފޯމު ވަނީ ރިޖެކްޓްކޮށްފައެވެ. އެ ފޯމްތައް ރިޖެކްޓްކޮށްފައިވަނީ ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.

ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ