English Edition
Dhivehi Edition

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ / ގުލްފާމްގެ، އިސްމާއިލް މާހިރު ފެނިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ އޭނާ ފެނިފައިވަނީ މާލެއިން ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

އުމުރުން 50 އަހަރުގެ މާހިރު ގެއްލިފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭ ދަންވަރު 1:08 ހާއިރުއެވެ.

އާއިލާ އާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ އޭނާ ހުކުރަށްދާން ގެއިން ނުކުތް ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށެވެ.