English Edition
Dhivehi Edition

ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން އައްޑޫސިޓީ ފޭދޫގައި ބާއްވާ “ފޭދޫ ސޮކަ ކަޕް 2018” ފުޓުބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އޭއޯނިއުސް ހަމަޖައްސައިފިއެވެ.

އެ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެއޯ ހަމަޖެއްސުމަށްފަހު މިރޭވަނީ އެކަމާބެހޭ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ 9:00 ގައި ފޭދޫގައެވެ.

މި އެއްބަސްވުމުގެ ދަށުން އެމުބާރާތުގެ ހުރިހާ މެޗެއްގެ ޚަބަރުތައް ގެނެސްދިނުމާއި ފޮޓޯތައް އޭއޯނިއުސް މެދުވެރިކޮށް މީހުންނާ ހަމައަށް ގެނެސްދޭން ޖެހެއެވެ. އެއްބަސްވުމުގައި ދިފޭދޫ ސްޕޯޓްސްގެ ފަރާތުން ސޮއިކުރީ ރައީސް އަލީ ސަރީރެވެ. އެއޯއިން ސޮއިކުރީ އެނޫހުގެ އެޑިޓަރެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 10 ވަނަ ދުވަހުއެވެ. މުބާރާތް އޮންނާނީ ފޭދޫ ފުޓުބޯޅަ ދަނޑުގައެވެ. މުބާރާތުގެ އެއްވަނަ ޓީމަށްވަނީ ހަތްދިހަ ފަސް ހާސް ރުފިޔާ ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ހުށަހަޅައިފައިވަނީ ތިރީސް ހާސް ރުފިޔާއެވެ.

އައްޑޫ ސިޓީގެ ހުރިހާ އަވަށަކަށް ހުޅުވައިލައިގެން ބާއްވާގޮތަށް ހަމަޖެހިފައިވާ މުބާރާތަކީ އައްޑޫސިޓީގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައި ފުޓުބޯޅަ އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެވެ.