ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް 9,000އަށް ވުރެ ގިނަ ފޯމް ލިބިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީ އިން ބުނީ އިއްޔެ އެކަނިވެސް އެ ކޮމިޝަނަށް 9،000 ފޯމު ލިބިފައިވާކަމަށާ އޭގެ ތެރެއިން 7،000 ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށް ކަަމަށެވެ،
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ މީހުން މާލެއަށް ރީރެޖިސްޓްރީ ކުރަމުން އަންނަކަން ފާހަގަކޮށް އީސީ އިން ބުނީ މިހާރު ކުރަމުންދާ މަސައްކަތަކީ ރީ-ރެޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ކުރުން ކަމަށެވެ.
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީކުރުމަށް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ކޮމިޝަނުގެ ރީރެޖިސްޓްރޭޝަން ޕޯޓަލްއިން ރީރެޖިސްޓާ ވުމަށް އެދި ހުށަހެޅޭނެއެވެ. އަދި މާލެ ފިޔަވާ އެހެން ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާއިން ރީރެޖިސްޓާ ވުމަށް އެދޭ ފޯމް ދޫކޮށް ބަލައިގަންނާނެއެވެ.