English Edition
Dhivehi Edition

ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވޭނީ އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް ހޮވައިގެން ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ރައީސް ޞާލިހު ހޮވައިދެއްވުމަށެވެ.

އަދި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުވާނީ ރައީސް ޞާލިހު ހޮވައިގެން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

” ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ރައީސަ ޞާލިހު ހޮބައިދެއްވާ. މުސާރަ ބޮޑުވާނީ ރައީސް އިބޫ ހޮވައިގެން.” އިންރާންގެ ޓްވީޓުގައި ވެއެވެ.