English Edition
Dhivehi Edition

ވަޠަނީ ލޭ ހިނގާ ދިވެހި ދަރިން ޤައުމަށް ހިތުހުރިގޮތެއް ހަދާތަން ބަލާކަށް ނުތިބޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ، އެމްއެންޑީއެފްގައި ހުރި ހަމަ އެކަނި ނޭވަލް އާކިޓެކްޓް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ޚަބަރު ޓެގްކޮށް އެ ޚަބަރާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ވަޠަނީ ލޭ ހިނގާ ދިވެހި ދަރިން ޤައުމަށް ހިތުހުރިގޮތެއް ހަދާތަން ބަލާކަށް ނުތިބޭނޭކަމަށާއި މައިންބަފައިންނާ ދަޢުލަތުން ހޭދަކޮށްގެން އުނގެނި، އުނގެނޭ އެއްޗެއްގެ ބޭނުން ނުހިފި އެހެންބަޔަކަށް ގުލާނުކުރަން ތިބޭނީ ކޮމިޝަނަ އޮފް ޕޮލިސް އަޙުމަދު ހަމީދާއި ޖެނެރަލް އަބްދުﷲ ޝަމާލް ފަދަ ބޭފުޅުންކަމަށެވެ.

ޖެނެރަލް އަބުދުﷲ ޝަމާލް އާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ހަމީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިތުރަށް ޝިޔާމު ވިދާޅުވީ ރާއްޖޭގެ ދިފާއީ ބާރުގައި ތިއްބެވި ދެ ދިވެހި ޕައިލެޓުންނަށް ޑޯނިއާ ދުއްވަން ލިބޭކަމަށް ބުނެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އެދިލެއްވި ގޮތަށް އިންޓަވިއު ދިނުމަށް މަޖުބޫރު ކުރެއްވުމުން ވެސް އެ ދެ ޕައިލެޓުން އިންޓަވިއު ނުދެއްވިކަމަށެވެ.

އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އަމުރައްވެސް އޮންނަ އުސޫލާއި ޚިލާފަށް އެކަން ނުކުރުމަކީ ނެވެލް އާކިޓެކްޓަރ ހަސަން ޒިހާންގެ ސާބިތުކަން ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

ވަޠަނީ ލޭ ހިނގާ ދިވެހި ދަރިން ޤައުމަށް ހިތުހުރިގޮތެއް ހަދާތަން ބަލާކަށް ނުތިއްބަވާނެ. މައިންބަފައިންނާ ދަޢުލަތުން ހޭދަކޮށްގެން އުނގެނި އެއުނގެނޭ އެއްޗެއްގެ ބޭނުން ނުހިފި އެހެންބަޔަކަށް ގުލާނުކުރަން ތިބޭނީ ކޮމިޝަނަ އޮފް ޕޮލިސް އަޙުމަދު މަހީދާއި ޖެނެރަލް އަބްދުﷲ ޝަމާލްމެން ފަދަ މަދު ބައެއް. ގައުމީ ދިފާއީ ބާރުގައި ތިބި ދިވެހި 2 ޕައިލެޓުންނަށް ޑޯނިޔާ ދުއްވަން ލިބޭކަމަށް އިންޓަވިއުދެއްވަން މިނިސްޓަރ މާރިޔާ ދީދީ މަޖުބޫރު ކުރުވީމަވެސް އިންޓަވިއު ނުދެއްވި. ހަސަން ޒިހާންގެ ސާބިތުކަން. ސެލިއުޓް.” ޝިޔާމު ވިދާޅުވެފައިވެއެވެ.