މިހާރު ކުރިއަށް ދާން ފުރުޞަތު ލިބިފައި އޮތް ދެ މަގުވެސް އަނދިރިވެފައި ނާމާން ކަމަށާއި ނަމަވެސް ހުއްޓި ތިބެވެން ނެތް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
ހުސައިން އަމްރު މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހު ފަޅިއަށް އެރުމަށް ޑިމޮކްރެޓްސް އަށް ގިނަބަޔަކު ގޮވާލަމުން އަންނަމުން ދާ މި ދަނޑިވަޅުގައި އެކްސް ޕްލެޓްފޯމުގައި އާންމުކުރެއްވި މެސެޖެއްގައެވެ.
އަމްރު ކުރެއްވި މި މެސެޖުގައި ވިދާޅުވީ މިހާރު މަގުގެ ކޮޅަށް އާދެވިއްޖެ ކަމަށެވެ. އަދި ދެން ކުރިޔަށް ދާން އޮތް 2 މަގު ވެސް އަނދިރިވެފަ ނާމާން ކަމަށާއި ނަމަވެސް ހުއްޓި ތިބެވޭކަށް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ކުރިޔަށް ދާން ބޭނުންނަމަ އިތުރު މަގެއް ކޮށައިގެން ކުރިޔަށް ދިއުން ނޫންގޮތެއް ނެތް ކަމައްވެސް އަމްރު ވިދާޅުވިއެވެ.
“މަގު ކޮޅަށް އާދެވިއްޖެ. ދެން ކުރިޔަށް ދާން އޮތް 2 މަގު ވެސް އަނދިރިވެފަ ނާމާން. އެކަމަކު ހުއްޓި ތިބެވޭކަށް ނެތް. އިތުރު މަގެއް ކޮށައިގެން ކުރިޔަށް ދިޔުން ނޫންގޮތެއް ނެތް. އަޅުގަޑުމެން އެދޭ ފުދުންތެރި އަބުރުވެރި ހަޔާތެއް އިރާދަކުރެއްވިއްޔާ ހޯދޭނެ.” އަމްރު ކުެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.