English Edition
Dhivehi Edition

a އައްޑޫސިޓީ ހަންކެޑެއާއި، ގައުކެންޑިއާ ދެމެދުއޮންނަ ބްރިޖަށް އައްޑޫސިޓީކައުންސިލުން ރަސްމީކޮށް ނަމެއް ދީފިއެވެ. އެތަނަށް ދިންނަމަކީ މިހާރުވެސް ބައެއްމީހުން އެތަނަށް ކިޔަމުންދާ “ގައުކެނޑި ބުރިޖު” އެވެ. ކުރިން ހަންކެޑެ ބްރިޖޭވެސް އެއްބައިމީހުން ކިޔައި އުޅެނެވެ. އައްޑޫސިޓީގެ ޑެޕިޔުޓީމޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ ސިޓީގައި ހިމެނޭ އެފަދަ ތަންތަނާއި މަގުތަކާއި، ގޯޅިތަކަށް ނަންކިޔުމަކީ ސިޓީކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ. “ރަސްމީކޮށް އެބުރިޖަށް ނަމެއް ދިނުމުން އެންމެން އެއްނަމެއްކިޔާނީ. އޭރުން ތަންތަން ބުނެދޭއިރު އެއްވެސް އޮޅުމެއްނާރާނެ،” ޔަސްރިފް ވިދާޅުވިއެވެ. ގައުކެނޑިބުރިޖުގެ ދެފަރާތުގައި ކުރިންހުރި ފެންސް ނަގައި މިހާރުވަނީ އައު ދެފެންސް ޖަހައިފައެވެ. އެތަނުގެ މަސައްކަތް ގާތްގަނޑަކަށް މިހާރުވަނީ ނިމިފައެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ފެންސްގައި ދަވާދުލުމެވެ.