English Edition
Dhivehi Edition
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނޫރާނީ ސްކޫލުގައި ބެހެެއްޓުނު ފޮށީގެ ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްދަނީ/ ފޮޓޯ: އޭއޯ ނިއުސް

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، އުމުރުން 18 ވާ ޒުވާނުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އެ ދުވަހަށް 18 އަހަރު ފުރޭ ޒުވާނުންނަށް ވޯޓުލެވޭނެކަމަށެވެ.

މީގެ އިތުރުން އީސީ އިން ބުނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގައި ބޭނުންކުރާނީ ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށާއި އޮންލައިންކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.

އިންތިހާބުގައި ރީ-ރަޖިސްޓްރީ ވާން މި މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލުމަށް މަޝްވަރާ ކުރަމުން އަންނައިރު އީސީ ބުނީ ރީ-ރަޖިސްޓްރީވުމުގެ ކަންތައްތައް ކުރިއަށް ދާނެ ގޮތް އަދި ރަސްމީކޮށް އިއުލާންކުރާނެކަމަށެވެ.