މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު މިރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އޮނަރަބްލް ޤާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށް ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އިލްހާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު މިރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އޮނަރަބްލް ޤާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށާއި ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް އޮނަރަބްލް ޤާސިމް އިބްރާހީމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެކަމަށެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ޤާސިމް އިބްރާހިމަށް ވޯޓް ދެއްވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހޮވުނު ދެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާކަމަށެވެ.
” ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ޤާސިމް އިބްރާހިމަށް ވޯޓް ދެއްވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހޮވުނު ދެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު މިރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އޮނަރަބްލް ޤާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް. ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް އޮނަރަބްލް ޤާސިމް އިބްރާހީމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ.” އިލްހާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.