English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއިއެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މިއަދު ރައީސް ސޯލިހް އެމްޑީޕީގެ ގައުމީ މަޖިލީހާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ފައްޔާޒު ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާކުރީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކެމްޕެއިން ކުރިއަށްގެންދާނެ ގޮތަކާ މެދު ކަމަށެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ރައީސް ނަޝީދާ އެކު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ، އެކަމަކު އެ މަނިކުފާނުގެ ފަރާތުން ވަކި ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށާ ދެ ރައީސުން އަނެއްކާވެސް އެކުގައި ފެނިދާނެ ކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރަށް މި ފަސް އަހަރަށް ވުރެ ބޮޑަށް އިތުރަށް ޖާގަ ދޭނެ ބަޔަކު ދެން އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

1 ކޮމެންޓް
ޢަހުދު
ސެޕްޓެމްބަރު 12, 2023
މަޖްބޫރު ޙާލަތުގައި ތިހެންވެސް ވާނެ، އެކަމަކު އަންނި އާއެކުގައި ލިބޭ ވެރިކަމެއް ހިންގުމަކީ ރީތި ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަން ވަނީ ސާބިތުވެފައި. އިބޫ ކޮންމެ ޙާލެއްގައިވެސް ވެރިކަމުގައި ހުރުމަކީ މި 5 އަހަރަށް ޤަވްމަށް އެހާމެ މަޖްބޫރު ކަމެއް، ނޫނިއްޔާ ވަރަށް ބޮޑަށް ފަހަތަށް ހިނގައިދާނެ.