English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަންގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން ޕޮލެންޑް ބަލިވިއިރު، އެ ގުރޫޕުގައި ހިމެނޭ މޮލްޑޯވާ ފެރޯ އައިލެންޑް އަތުން މޮޅެއް ހޯދައިފިއެވެ.

މި ގުރޫޕުގައި ރޭ ކުޅުނު މެޗުން ޕޯލަންޑް ބަލިވީ އަލްބޭނިއާ އަތުން 2-0 ގެ ނަތީޖާއިންނެވެ. އަދި މޮލްޑޯވާ މޮޅުވީ ފެރޯ އައިލެންޑާއި ވާދަކޮށް 1-0 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަލްބޭނިއާ އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އަލްބޭނިއާ އަށް ލީޑު ނަގައިދިނީ ޖާސިރް އަސަނީ އެވެ. އަލްބޭނިއާގެ ދެ ވަނަ ލަނޑު މާލިންޑް ޑަކޫ ޖެހީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ.

ޔޫރޯ ކޮލިފައިންގައި ޕޯލަންޑް މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، އެޓީމުން ވަނީ ތިން މެޗުން ބަލިވެފައެވެ. އެހެން ކަމުން ރޭގައި ވި ބައްޔާއި އެކު ޕޯލަންޑް މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ހަ ޕޮއިންޓް ލިބިގެން ހަތަރުވަނާގައެވެ. ރޭގެ މޮޅާއި އެކު އަލްބޭނިއާ ވަނީ ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމުން އެއްވަނާގައި އޮތީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން ބަލިވެގެން ޖުމުލަ 10 ޕޮއިންޓާއި އެކުގައެވެ.

މި ގުރޫޕުގައި ރޭ ކުޅުނު މޮލްޑޯވާ އަދި ފެރޯ އައިލެންޑް މެޗުން މޮލްޑޯއާ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މޮލްޑޯވާގެ ހަމަ އެކަނި ލަނޑު މެޗުގެ ފަހު ހާފުގެ 53 ވަނަ މިނެޓުގައި ޖަހައިދިނީ ރަޓާއެވެ. މި މޮޅާއި އެކު މޮލްޑޯވާ އޮތީ ކުޅުނު ފަސް މެޗުނގެ ތެރެއިން ދެ މެޗުން މޮޅުވެ އަށް ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނާގައެވެ. މި ގުރޫޕުގެ އެންމެ ފުލުގައި އެއް ޕޮއިންޓާއި އެކު އޮތީ ފެރޯ އައިލެންޑެވެ.