ކޮސޯވޯގެ ބޮޑުވަޒީރު ރަމުޝް ހަރަދީނޭ ގެ މައްޗަށް ނެެރެފައިވާ އިންޓަޕޯލް ރެޑްނޯޓިސް އުވާލާފައިވާ ކަމަށް އެގައުމުގެ ޖަސްޓިސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މި ރެޑް ނޯޓިސްގެ ސަބަބުން އެނާއަށް ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ނޯވެއެވެ. ސާބިއާއިން އެނާގެ މައްޗަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ ސަބަބުން މި އަހަރު ކުރީ ކޮޅު އެނާ ވަނީ ފްރާންސް އިން ހައްޔަރު ކޮއްފައެވެ. ނަމަވެސް އެނާ ސާބިއާއަށް ފޮނުވުމަށް އެގައުމުން އެދުމުން ފްރާންސް ކޯޓުން ވަނީ އެކަމަށް އިންކާރު ކޮއްފައެވެ. އަދި އެކަމުގެ ސަބަބުން އެނާ ވަނީ ދޫކޮއްލާފައެވެ.
އެނާ އޭގެ ފަހުން ކޮސޯވޯގެ ބޮޑުވަޒީރު ކަމާ ހަވާލު ވެފައިވަނީ މި އަހަރު ސެޕްޓެމްބަރު މަހު ތެރޭގައެވެ. ކޮސޯވޯއިން ވަނީ އެނާގެ ނަން އެ ލިސްޓުން އުނި ކުރުމަށް ސާބިއާއަށް ވަރަށް ގިނަ ފަހަރު އެދިފައެވެ. ނަމަވެސް ސާބިއާއިން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.
“މި އަދު އަހަންނަށް މައުލޫމާތު ލިބުނު ގޮތުގައި ކޮސޯވޯ އަށް ނިސްބަތްވާ 18 މީހަކު އިންޓަޕޯލް ލިސްޓުން އުނި ކުރެވިފައިވާ ކަމަށް. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ބޮޑުވަޒީރު ވެސް ހިމެނޭ” ކޮސޯވޯގެ ޖަސްޓިސް މިނިސްޓަރ އަބިލާދު ތާހިރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދަށް ފަހު އެމީހުންނަށް ގައުމުން ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބިގެންދާނެއެވެ.
ސާބިއާއިން މި އެންމެންގެ މަށްޗަށް އިންޓަޕޯލް ރެޑް ނޯޓިސް އެށް ނެރެން އެދިފައިވަނީ 1990 އިގެ ތެރޭގައި ސާބިއާ މީހުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާ ހިންގިކަމަށް ބުނެއެވެ. ކޮސޯވޯ ހަނގުރާމަ 1999 ގައި ނިމިގެން ދިޔައީ ނޭޓޯ އިން އޭރުގެ ޔޫގޮސްލާވިއާއަށް ބޮން އެޅުމާއި ގުޅިގެންނެވެ.
ކޮސޯވޯ އިން ވަނީ 2008 ވަނަ އަހަރު މިނިވަން ކަން އިއުލާން ކޮއްފައެވެ. ނަމަވެސް ސާބިއާއިން އެއީ މިނިވަން ދައުލަތެއް ކަމަށް ގަބޫލު ނުކުރެއެވެ.