ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖަހާ އިރު ފަށާނެއެވެ. ވާދަވެރި ވަރުގަދަ ކެމްޕެއިންތަކަށްފަހު، މިއަދަކީ ދިވެހިންގެ ބޮޑު ނިންމުން ނިންމާނެ ދުވަހެވެ.
• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު
• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
ވާދަވެރި ކެމްޕެއިނު ތަކަކަށްފަހު މިއަދު ވޯޓުލުން ފަށާއިރު، ޕާޓީތަކާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑުޑޭޓުން ތާޢީދު ހޯދުމަށް ބޭއްވި އެންމެހާ ކެމްޕެއިން ހަރަކާތްތައް ރޭގެ އިރުއޮއްސި 06:00 ޖެހުމާއެކު ވަނީ ނިންމާލާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތައުފީޤް ވިދާޅުވީ ވޯޓުލުމުގެ އެންމެހާ ކަންކަން ހުރިހާ މަރުކަޒުތަކުގައިވެސް ހެނދުނު 08:00 ގައި ފަށާނެކަމަށެވެ. އަދި ހަވީރު 04:00 ގައި ފޮށިތައް ބަންދުކުރާނެކަމަށެވެ.
ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30މިނެޓު ފަހުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. ވޯޓު ލމުގެ ކަންކަން ހަވީރު 4 ގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިޢުުލާންކުރަން ފަށާނެއެވެ. މާދަމާ ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.