English Edition
Dhivehi Edition

މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވެފައިވާކަމަށާއި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކާއި އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ފުއާދު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ތަކެތި ގެންދިއުމާއި، މަރުކަޒުތައް ބެލެހެއްޓުމުގައި ފުލުންގެ ޓީމްވެސް އޮތީ މުޅިން ތައްޔާރަށްކަމަށެވެ. މީގެއިތުރުން ރާއްޖޭއިން ބޭރުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާ، އިލެކްޝަންސް ކޮމިޝަނުންގެ އޮފިޝަލުންވެސް މިހާރު ވަނީ ޤާއުމުތަކަށް ފޮނުވާފައެވެ. މިއާއެކު ރިސޯޓްތަކުގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޓުއަރިޒަމް މިނިސްޓްރިއާއި ރިސޯޓްތަކުންވެސް ފުރިހަމައަށް އެއްބާރުލުން ދީފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

“ވޯޓުލާ މަޒުކަޒުތަކަށް ބޭނުންވާ އޮފިޝަނުން ހަމަކުރުމާއި، އެމީހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައް ވަނީ ނިންމާފައި. ވޯޓުލާ މަރުކަޒުތައް ހަމަޖެއްސުމާއި، އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ވަރަށް ބުރަ މަސައްކަތެއް މި އިންތިޚާބަށް ތައްޔާރުވުމަށް މި ވަނީ ކޮށްފައި” ފުއާދު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން މި އިންތިޚާބުގައި ޖުމްލަ 574 ވޮޓު ފޮށި ބަހައްޓައެވެ.