މި އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އިދިކޮޅު ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެ އެމްޑީޕީގެ ސަޕޯޓަރުން އަންނަނީ ހޔާލުފާޅުކޮށް ވީޑިއޯ އާންމުކުރަމުންނެވެ.
މުއިއްޒުއަށް ‘އެންޓި ކެމްޕެއިން’ ކޮށް އެމްޑީޕީ ސަޕޯޓަރުން އާންމުކުރަމުންދާ ވީޑިއޯތަކުގެ ތެރޭގައި އޭނާއަށް ވޯޓު ނުދޭނެ ސަބަބާ، އަދި މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް މުއިއްޒު އަކީ ސަލަފް އާއި ވަރަށް ބޮޑަށް ގުޅުން އޮންނަ ބޭފުޅެއްކަމަށް ބުނާ ވީޑިއޯވެސް ވަނީ އާންމުވެފައެވެ.
މި ގޮތުން މުއިއްޒު އާއި ސަލަފް ޖަމިއްޔާ އާއި އޮންނަ ގުޅުން ހާމަކޮށް ޕީއެންސީއިން ވެރިކަމަށް އައިސްފިނަމަ އެންމެ ފުރަތަމަކުރާނެ ކަންތައްތައް އެ ޕާޓީގެ ސަޕޯޓަރުން ވަނީ ކިޔާދީފައެވެ. ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯ އާއި ގުޅިގެން ޝެއިހް އާދަމް ނިޝާން ބިން އަލީ ވަނީ އެ
ވީޑިއޯގައި ދައްކާ ވާހަކައަސް ރައްދު ދީފައެވެ.
މި ގޮތުން ޝެއިހް ނިޝާން ވަނީ އެމްޑީޕީގެ ހަގީގަތަކީ މިއީ ކަމަށް ބުނެފައެވެ. “އެބައިމީހުން ބޭނުންވަނީ، ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާގެ މައްޗަށް ބާއްވާލެއްވި އިސްލާމްދީނެއް ނޫނެވެ. އެހެންނަމަވެސް އެމްޑީޕީ އިން ކުފުރު ރިޕޯޓުގައިވާ ގޮތަށް، ކޮށާ މަށާ ހަދާފައިވާ ސެކިއުލަރ ލާދީނީ މޮޑަރން “އިޒްލާމް” އެކެވެ. ހިތާމައަކީ މިބައިމީހުން މުސްކުޅިވެގެން ދާއިރުވެސް މިއުޅެވެނީ، އިސްލާމްދީން ދޫކޮށް އެހެން ގޮތްތައް / ތަފާތު ފިކުރު / އޯލްޓަރނޭޓިވް ނެރޭޓިވްއެއް ހޯދެވޭތޯ”