English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޑޫ ސީޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ހަވީރު ރައީސް ސޯލިހް އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު މިރެ އާ މާދަމާ އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް އައްޑޫ ސިޓީގެ އަވަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 7، ވަނަ ދުވަހުގެ ރޭ ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންނަވާ އައްޑޫ ސިޓީ ބޮޑު ޖަލްސާ ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އާއި ރަނިންމޭޓް ހުސައިން އަމުރު އަދި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. ‘ޑިމޮކްރެޓްސް’ އިން މިއަދު އައްޑޫ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު މިރޭ ހިތަދޫ ފްލެޓް ސަރަހައްދުގައި އެ ޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.