English Edition
Dhivehi Edition
ފޮޓޯ: ވަގުތު

މާލޭގެ ރަތްވިލާ މަގުގައި ހުންނަ ވެގަ ޕޮއިންޓް ނަމަކަށް ކިޔާ ފިހާރައިގައި ރޯވެ އެ ސަރަޙައްދުގެ މަގުމަތީގައި ހުރި 15 ވަރަކަށް ސައިކަލް އަނދާފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ޙާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 4:47 ހާއިރު ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުމާއިއެކު ފަޔަރ އެންޑް ރެސކިއު ސަރވިސްގެ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މިހާރު މި އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލެވިފައި ވާ ކަމަށް އެމްއެންޑީއެފުން ހެނދުނު ވަނީ ބުނެފައެވެ.

މި ޙާދިސާގައި ފިހާރައިގައި ހުރި ހުރިހާ މުދަލެއް އަނދާ ހުލިވެފައި ވާއިރު، މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ނަމަވެސް އެ އަލިފާނުގެ ހާދަިސާގައި އެ ފިހާރައިގެ ބިތްދޮށުން ހުރި ގެ ވެސް އެއްކޮށް އަނދައި ހުލިވެފައިވާއިރު، ފިހާރަ ކުރިމަތީ ހުރި 15 ވަރަކަށް ސައިކަލުވެސް އަނދާފައިވާ ކަމަށް ބުންޏެވެ.

އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި އެނގިފައެއް ނުވެ އެވެ.