English Edition
Dhivehi Edition

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބުރާހީމް މުޙައްމަދު ޞާލިހު އަކީ ދިވެހި ރައްޔިތުންގެ ލޯލާރިއެއްގައި ވެސް ޖެހިވަޑައިގަންނަވާނޭ ބޭފުޅެއް ނޫންކަމަށް އެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވަރަށް ގިނަ ވެރިން ދެކެފައިވާ ކަމަށާއި ނަމަވެސް މިހާރުގެ ރައީސް ޞާލިހުވަރުގެ ތެދުވެރި ވެރިއެއް އަދި ނުފެންނަކަމަށެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ދެކުނަސް ރައީސް ޞާލިހުއަކީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާނޭ ބޭފުޅެއް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިހާރުވެސް ގިނަ ބަޔަކު ރައީސްގެ ބޮލުގައި ދޮގުތުހުމަތު އަޅުވާ ވަގަށް ގޮވަމުން އަންނަކަމަށާއި އެކަމުން އެއްވެސް އެއްޗެއް ހިތައްއަރައިވަޑައިނުގަންނަވާނޭ ކަމަށެވެ.

” ރައީސް ޞާލިހަކީ ރައްޔުތުންގެ ލޯލާރިެއްގައިވެސް ޖެހޭނޭ ބޭފުޅެއްނޫން. ރައީސް ރައްޔިތުންގެ ފައިސާއަކަށް ހިޔާނާތްތެރިއެއް ނުވާބެ.” ސިޔާމް ވިދާޅުވިއެވެ.