English Edition
Dhivehi Edition

މ. އަތޮޅުގައި ދެމުން އައި ފެރީ ޙިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ޙިދުމަތް މިއަދު ފަށާފައިވާކަމަސް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ސެޕްޓެމްބަރ 4 އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ
މުޅިން ހިލޭ ކަމަށެވެ.

އެ ކުންފުނިން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގަސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށ،ް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުންކަމަށެވެ. އަދި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުންކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްޓީސީސީ އިން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު ޙިދުމަތް ދިނުމަށް ތައްޔާރު ކުރެވިފައިވާ ވެބްސައިޓުން އޮންލައިންކޮށް ޓިކެޓް ލިބޭ.ނެކަމަށެވެ. އަދި މި ޙިދުމަތުގައި ބޭނުންކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތަކެކެވެ. މި ޚިދުމަތް ހަފުތާއަކު ތިން ދުވަހު މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބިގެންދާނެއެވެ.