English Edition
Dhivehi Edition
ގއ. ގެމަނަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ:އެމްޓީސީސީ

ގއ. ގެމަނަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

އިއްޔެ މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން 37,516 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 65,330 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާ 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 11 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށިލުމާއ،ި 221 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 210 މީޓަރުގެ ސޭންޑް ފިލްޑް ބޭރުތޮށި އިނާރިވެޓްމެންޓް ޖެހުމާއ،ި 405 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި 2635 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށްފަހުކަމަށެވެ.