English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

މިއަދު ވޯޓެއް ނެގިޔަސް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރޭ މާލޭގައި ބޭއްވި އުފާވެރި މާލެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އިންތިޚާބަށް ބާކީ މިއޮތް ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓަކީ އެ މަނިކުފާނަށް އިތުރުވާނެ ތާއީދެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

“އިންތިޚާބު މިހާރު މި އޮތީ ނިމިފަ. މިރޭ ވޯޓު ގުނިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ، މާދަމާ ވޯޓު ނަގައިފިއްޔާ އެއަށް ވުރެ ބޮޑު ތަނުން މޮޅުވާނެ.” ރައީސް ސޯލިހް

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މި އިންތިހާބު މި އަހަރު އެއްބުރުން ނިންމުން ނޫން ގޮތެއް ނެތް ކަމަށެވެ.

 

2 ކޮމެންޓް
ޗިސް އިބްރޭ
ސެޕްޓެމްބަރު 2, 2023
ކަލޭމެން ފެއިލްވާނެ މިފަހަރު
އިބިރިހިމާ ބެއްްޔާގެ ޗޯރު
ސެޕްޓެމްބަރު 2, 2023
ކަލޭމެން ބަލިވާނެ.އިންޝާﷲ.