English Edition
Dhivehi Edition

ގއ. ވިލިނގިލި ފެނަކައިގެ ވަޒީފާ އަދާކުރައްވަން ހުރި މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ގއ. ވިލިނގިލި ފެނަކަ އޮފީސް ސެކިއުރިޓީ އަށް ހުރި މީހާ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޭއޯ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ޑިއުޓީ އަދާކުރަމުން ދިޔަ މީހާއަށް ހަމަލާ ދީފައިވަނީ 2 މީހަކު ވެގެންނެވެ. އެދެމީހުން ވަޅިން ހަމަލާން ދޭން އުޅުމުގެ ތެރޭ އަނިޔާވި މީހާއެމީހުންގެ ހަމަލާއިން ރެކެން ވެގެން ވަޅީގައި ހިފުމުން ޒަޚަމްވިކަމަށް މަޢޫލޫމާތު ލިބެއެވެ. އެހެންނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.