English Edition
Dhivehi Edition

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ސްޕެއިންގެ އިތުބާރު ޑިފެންޑަރ އެމެރިކް ލަޕޯޓޭ ސައުދީ އަރަބިއާގެ އަލް-ނަޞްރަށް ސޮއިކޮށްފިއެވެ.

ލަޕޯޓޭ އަލް ނަޞްރަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގައި 25.5 މިލިއަން ޕައުންޑުގެ އަގަކަށެވެ.

2018 ވަނަ އަހަރު އެތްލެޓިކޯ ބިލްބާއޯއިން 57 މިލިއަން ޕައުންޑަށް ސިޓީއާއި ގުޅުނު ލަޕޯޓޭ ފަސް އަހަރަށް ފަހު ސިޓީ ދޫކޮށްލަން ނިންމިއިރު، އޭނާ ވަނީ އިއްޔެ ސިޓީގެ ފޭނުންނަށާއި ކުލަބުގެ ކުޅުންތެރިންނަށް އަލްވަދާއުގެ މެސެޖެއް ވެސް ފޮނުވާފައެވެ.

އެ މެސެޖުގައި ލަޕޯޓޭ ބުނެފައިވަނީ އޭނާ އަށް ސިޓީ ތަމްސީލް ކޮށްދޭން ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި ސިޓީއާއި އެކު ބޭނުންވި މަގުސަދު ހާސިލް ވުމަކީ ލިބުނު ފަޙުރެއްކަމަށެވެ.

މީގެ އިތުރުން ލަޕޯޓޭ ބުނީ ސިޓީގެ ކޯޗިން ސްޓާފުންނާއި ކުލަބުގެ ކުޅުންތެރިންގެ އިތުރުން ކުލަބުގެ ސަޕޯޓަރުންނަށް ޝުކުރުއަދާކުރާކަމަށާއި އަބަދުވެސް ހުންނާނީ ސިޓީގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. އަދި ކައިރި މުސްތަގުބަލެއްގައި އަދިވެސް ސިޓީގެ ސަޕޯތަރުންނާއި ކުލަބުހުެ ކުޅުންތެރިންނާއި ބައްދަލުވާނޭ ކަމުގެ އުންމީދުގައި ހުރިކަމަށް ވެސް ލަޕޯޓޭ ވަނީ ބުނެފައެވެ.

ލަޕޯޓޭ ވަނީ ސިޓީގައި ހޭދަކުރި ހަ ސީޒަނުގައި 180 މެޗު ކުޅެދީ 12 ގޯލުވެސް ޖަހައިދީފައެވެ. އަދި އޭނާ ވަނީ އެ ކުލަބާއި އެކު ލީގު ފަސް ފަހަރު، ޗެމްޕިއަންސް ލީގު އެއްފަހަރު، އެފްއޭކަޕް ދެފަހަރު، ޔޫއެފާ ސުޕަކަޕް އެއްފަހަރު، ކާމިޔާބު ކޮށްފައެވެ.