English Edition
Dhivehi Edition
ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގައި އެމްޑީޕީ ކެމްޕެއިން ސާމާންތަކަށް ބަޔަކު ގެއްލުން ދީ ހަލާކުކޮށްލައިފިއެވެ،

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ހުރި ކެމްޕެއިން ސާމާނަށް ގެއްލުން ދީފައި ވާކަމަށެވެ. އަދި އެ މައްސަލަ މިއަދު ހެނދުނު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ފުވައްމުލައް ސިޓީގެ މަގުތަކުގައި ޖަހާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޕޯސްޓަރުތަކާ ބެނާތައް ހަލާކުކޮށްލާފައިވާއިރ ދިދަތައްވެސް ކަނޑާލާފައިވާކަމަށް އެ ރަށުން ވާހަކަދެއްކި އެމްޑީޕީ މީހަކު ވަނީ ބުނެފައެވެ.

ކޮންމެ އިންތިހާބަކާ ގުޅިގެންވެސް މިފަދަ ހަމަނުޖެހުންތައް ހިންގާ މައްސަލަ ފެންމަތިވާއިރު، އިންތިހާބުގެ ކެމްޕެއިންގެ ކަންތައްތައް އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމާއި ގުޅޭ މުވައްސަސާތަކުންވަނީ މީގެކުރިން އިލްތިމާސްކޮށްފައެވެ.