ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތްކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ކަފިހި ހުރަސް ސަރަހައްދުންކަމަށެވެ. އަދި މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން މި ފައިސާތަކުގެ ވެރިފަރާތުން، އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅައިގެން، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއަރޕޯޓް ޕޮލިސް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.