English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގއ. މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

މި އިމާރާތް ހުޅުވައިދެއްވާފައިވަނީ އެމަނިކުފާނު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވި، މާމެންދޫ ސްކޫލުގެ އައު އިމާރާތަކީ ޖަޕާނުގެ އެހީގައި ބިނާކުރި ޢިމާރާތެކެވެ. ދެ ކުލާސް ރޫމް ހިމެނޭ މިޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ، ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.