English Edition
Dhivehi Edition

ގއ މާމެންދޫއިން ވޮލަންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލް އިދާރާ އިން ނެރުއްވާފައިވާ އިޢުލާން ނަންބަރު (IUL)408-ESMS/408/2021/17 ވާ ގޮތުން ހެލްތު ޕުރޮޓެކްޝަން އެޖެންސީ (3 މޭއި 2021) އެންގުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓާލާފައިވާތީ، ކުރިއެކޭ އެއްގޮތަށް ރަށަށް ލަފާ އުޅަނދުތަކާއި ރަށުން ފުރާ އުޅަނދުތައް މޮނިޓަރކޮށް ބެލެއްހުއްޓުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެހީތެރިވާނެ ވޮލެންޓިއަރުން ހޯދަން ބެނުންވެފައިވާ ކަމަށެވެ.

ވީމާ، ވޮލެންޓިއަރކޮށް މި މަސައްކަތުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާގައި ނަންނޯޓް ކުރެއްވުން އެދޭ ކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ އިދާރާގެ ޑިރެކްޓަރ ޢަބްދުލް ޖަލީލު، މޮބައިލް ނަންބަރު 7934353 އާ ގުޅުއްވުން އެދޭކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.