English Edition
Dhivehi Edition

ގއ. މާމެންދޫ ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު އުވާލާއިފިއެވެ

މާމެންދޫ މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ ޖޫން 12 ވަނަ ދުވަހުގަ އެވެ. އެހެންވެ، އެ ރަށުގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލާފައިވަނީ 28 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ގެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

މާމެންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ރަންދީ-26 އިން ފައްސިވި ފަރަތްތަކާއި ޑައިރެކްޓް ކޮންޓެކެޓްވި ފަރާތްތަކެއް ފައްސިވުމާއި ގުޅިގެންނެވެ. މާންދޫ އިން ވަނީ ޖުމްލަ 11 މީހަކު ކޮވިޑަށް ފައްސިވެފައެވެ.