English Edition
Dhivehi Edition
ނ. ޅޮހި ބަނދަރު: ފޮޓޯ/އެމްޓީސީސީ

ނ. ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް ކޮށްފައިވަނީ 7 އޯގަސްޓް 2023 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އިންބުނީ މި މަޝްރޫއުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ހާބަރ ބޭސިން އަލުން ފުންކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި 2,205 މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 321 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 366 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނި ހަމަޖެހިފައެވެ.

މީގެ އިތުރުން 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތެ ހިމެނެވެ.

މި މަޝްރޫޢަކީ 64.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.