English Edition
Dhivehi Edition
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމާ ބެހޭ އެއްބަސްވުމުގައި ސޮއެކުރަނީ --- ފޮޓޯ/ ޕްލޭނިން މިނިސްޓްރި

ފުވައްމުލަކުގައި 400 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޕީޓީ. ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ޕްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމްއެވެ. އަދި ޕީޓީ. ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ޕްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހު ޝަރީފްއެވެ.

މިނިސްޓްރީއިން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އެރަށުގައި 1000 އަކަފޫޓުގެ، 3 ކޮޓަރިއާއި 3 ފާހަނާ ހިމެނޭ 400 ފްލެޓް އިމާރާތް ކުރާނެ ކަމަށެވެ. އަދި ކޮންމެ ފްލެޓެއްގައި 3 ކޮޓަރި 3 ފާހަނައިގެ އިތުރުން ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެއެވެ.

މީގެއިތުރުން 11 ބުރިއަށް އިމާރާތް ކުރާ މި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ކޮންމެ ހައުސިންގ ޔުނިޓެއްގެ ގްރައުންޑް ފްލޯ ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ކޮމާޝަލް އަދި މެއިންޓެނެސް އޮފީހުގެ ހިދުމަތަށެވެ. ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހުންނައިރު، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކިންޖާގައެއް ދިނުމަށް ވަނީ ނިންމާފައެވެ.

469،787،688 ރުފިޔާއަށް މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މި މަޝްރޫޢުއަށް ހަރަދު ކުރަން ނިންމާފައިވަނީ ދިވެހި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.