English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނު މިއަދު ކެންޑިޑެސީ ހުށަހަޅުއްވައިފިއެވެ.

މިއަދު ދަރުބާރުގެއަށް ވަޑަައިގެން ފާރިސް ކެންޑިޑެސީ ފޯމް ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގާއެވެ. އެ ފޯމް ހުށަހެޅުމަށް ފާރިސާ އެކު އޭނާގެ ރަނިންމޭޓު ޑރ. އަބްދުއްސައްތާރު ޔޫސުފް ވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގައި ފާރިސް އެންމެ ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ގާނޫނުގައި ބުނާ އަދަދު 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އެ ކޮމިޝަނަށް ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެވެނީ 1،500 މީހުންގެ ސޮޔާއެކުގައެވެ. ފާރިސް ވަނީ އެ އަދަދަށް ސޮއި ހަމަވެފައިވާކަން މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައެވެ.