English Edition
Dhivehi Edition

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ‘ދަ ޑިމޮކްރެޓްސް’ އިން ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޑިޑެސީ ފޯމް ފާސް ނުވާކަމަށް އީސީ އިން އަންގައިފިއެވެ

އިއްޔެ މެންދުރުގެ ވަގުތެއްގައި އިންތިހާބުގައި ވާދަކުރުމަށް އިލްޔާސް ލަބީބްގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައިވާއިރު އިއްޔެ ހުށަހެޅި ފޯމު ތަކުގެ ތެރެއިން އިލްޔާސް ލަބީބްގެ ފޯމު ފާސް ނުވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އިލްޔާސްގެ ކެންޑިޑެސީ ފޯމް ފާސްވެފައިނުވަނީ އޭނާގެ އިންތިހާބީ އެޖެންޓް ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި ސާބިތު ދަރެނީގެ މައްސަލައެއް ހަލާސްކޮށްފައި ނުވާތީއެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން ޑިމޮކްރެޓްސް އިން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.