ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހުސެއިން އަމްރު ހަމަޖައްސައިފިއެވެ.
ކުރިން އެސްޓިއޯ އެމްޑީކަމުގެ މަގާމުގައި ހުންނެވި އަމްރު އިލްޔާސްގެ ރަނިން މޭޓަކަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު ދަ ޑިމޮކްރަޓްސްއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓިއެކެވެ. ޑިމޮކްރަޓްސަ އިން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ހާމަކުރުމުން، ކުރިން ގިނަ ބަޔަކު ގަބޫލުކުރީ އެ ޕާޓީން ވާދަކުރައްވަނީ ރައީސް ނަޝީދު ކަމަށެވެ. އެހެންނަމަވެސް އެ ޕާޓީން ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން އިލްޔާސް ލަބީބް ރިޔާސީ ރޭހަށް ނެރެފައިވާއިރު އެ ޕާޓީން އަންނަނީ އިންތިހާބުގެ ކެމްޕެއިން ފޯރިއާއި އެކު ކުރަމުންނެވެ.
މި ގޮތުން ދާދި ފަހުން އިލްޔާސް ލަބީބް އާއި ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެ ސީޓއިން ވަނީ އެ ދެ ބޭފުޅުންނާ ޑޮމޮކްރެޓްސްގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.