English Edition
Dhivehi Edition

ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށްފަހު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ދަތުރު ކުރާއިރު މޫސުމާއި ބެހޭ އިދާރާއާއި، ކޯސްޓްގާޑާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ޙިއްސާ ކުރާ މަޢުލޫމާތާއި އެއްގޮތަށް ދަތުރު ފަތުރުކުރުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އަދި ކޮންމެން ކުރަންޖެހޭ މުހިންމު ދަތުރުތައް ފިޔަވައި އެއްވެސް ދަތުރެއް ނުކުރުމަށާއި އުޅަނދައް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން ދަތުރުކުރާއިރު މުޢާސަލާތީ ވަސީލަތްތައް ހަމަކޮށްގެން ދަތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަސްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ

އެމްއެންޑީއެފުން ބުނީ މިހާތަނަށް ކަނޑުމަތީގެ ނުރައްކާތެރި 14 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 11 ހާދިސާއެއް ހިގިތަނަކަށް ކޯސްޓް ގާޑުން ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ..

މޫސުން ގޯސް ވާނޭކަމަށް ލަފާކުރެވިފައިވާތީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ބައެއް ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތު ނުކުރުން
  • އުޅަދަށް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް މުދާ އަދި މީހުން ނޭރުން
  • ދަތުރު ކުރާ އިރު މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ހަމަކޮށްގެން ދަތުރު ކުރުން
  • އުޅަދު ސަލާމަތީ ކަންކަން ކަށަވަރު ނުކޮށް ދަތުރު ނުކުރުން
  • ދަތުރު ކުރާ އިރު މޫސުމީ އިދާރާއިން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހިއްސާކުރާ މައުލޫމާތުތަކަށް ބަލައިގެން ދަތުރުކުރުން.
  • ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. އެގޮތުން ގޭގެ ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން