English Edition
Dhivehi Edition

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލަރޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ރޭ ނެރުނު ޔެލޯ އެލާޓު ދެމިއޮންނާނީ ރާއްޖޭގެ އުތުރުގެ ފަސް އަތޮޅު ކަމުގައިވާ ހއ. އާއި ހދ. އާއި ށ. އާއި ނ. އަދި ރ. އަތޮޅާ ދެމެދަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށާއި، ވިލާގަނޑުގައި 55 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ

އެ އިދާރާއިން ބުނީ ރާއްޖޭގެ އިރުއިތުރުން ސްރީލަންކާ ކައިރީގައި އިއްޔެ އުފެދުނު ކޮށިގަނޑުގެ ސަބަބުން ރާއްޖޭގެ އަތޮޅަށް ގުގުރައި ބޯކޮށް ވިއްސާރަކުރާނެ ކަމަށެވެ

އަދި ރާއްޖޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.