English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ‘ދަ ޑިމޮކްރެޓްސް’ ގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިޔްޔާސް ލަބީބު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނަޝީދާއި އިލްޔާސް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ދަ ޑިމޮކްރެޓްސް އިން އައްޑޫ ސިޓީއަށް ކުރައްވާ ޒިޔާރަތުގައި އެ ސީޓިގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މުޅި ރާއްޖޭގައި އިއްޔެ ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި 3،208 މީހުން ވޯޓުލާފައިވާއިރު 3،041 މީހުން ވަނީ ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް އިލްޔާސްއަށް ދިނުމަށް ފެންނަ ކަމަށް ވޯޓުދީފައެވެ.

ދަ ޑިމޮކްރެޓުން ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޒުވާން ލީޑަޝިޕަކަށް ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.