ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތަކަށް ގެނެސްފައިވާ ބަދަލާއެކު އިންތިހާބީ ދާއިރާތައް ގެޒެޓްކޮށްފިއެވެ.
2024 ވަނަ އަހަރު ހޮވާ މަޖިލީހަށް 6 ގޮނޑި އިތުރުކޮށްފައިވާއިރު އެ ދާއިރާތަކަކީ:
ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު އީސީ އިން އާންމުކޮށްފައިވާއިރު 15510 މީހުންގެ އާބާދީ ހިމެނޭ ގއ. އަތޮޅަށް ވަނީ 4 ގޮނޑި ލިބިފައެވެ. ގދ އަތޮޅުގެ އާބަދީ 24240 އަށް އަރާފައިވާއިރު އެ އަތޮޅަށް ވަނީ 5 ގޮނޑި ކަނޑައަޅާފައެވެ. 13558 ހިމެނޭ ފުވައްމުލައް ސިޓީއަށް 03 ގޮނޑި ހާއްސަކޮށްފައިވާއިރު 35182 ހިމެނޭ އައްޑޫ ސިޓީއަށް ވަނީ 8 ގޮނޑި ކަނޑައަޅާފައެވެ.