English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ކޮވިޑް-19 އާއި ގުޅޭގޮތުން ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލްއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ރައީސްގެ ކޮއްކޯފުޅު ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ޔޫ.އޭ.އީގެ ރައީސް، އަބޫދާބީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވުމަކީ ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ،ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ އިޙްލާޞްތެރި ތަޢުޒިޔާ ޔޫ.އޭ.އީގެ ޝާހީ ޢާއިލާއާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޝައިޚް ސަޢީދު ބިން ޒާއިދު އަލް ނަޙްޔާންގެ ޢާންމު ޚިދުމަތްތަކަށް ތަޢުރީފުކުރައްވައި އެކަންކަމަކީ ޔޫ.އޭ.އީ.ގެ ރައްޔިތުން ލޯތްބާއެކު އަބަދުވެސް ހަނދާން އާކުރާނެ ކަންތައްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ޤައުމަށްޓަކައި ކުރެއްވި ޚިދުމަތްތަކުން އަންނަން އޮތް ޖީލުތަކުން ހިތްވަރު ލިބިގަންނާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީ.ގެ ރައީސް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮތް އަޚްވަންތަކަމުގެ ގުޅުމާއި އެގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ