English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު، ދިވެހިގައުމާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ގައުމާ މުޚާތަބު ކުރައްވާނީ މިއަދު ހެނދުނު 10:00 ޖަހާއިރު ކަމަށެވެ. އަދި ގައުމާ މުޚާތަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

ރިޔާސީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު، ރައީސް ސާލިހުގެ ދެކަނބަލުން މިހާރުވަނީ މުލިއާގެ ދޫކުރައްވާ އަމިއްލަ ގެކޮޅަަކަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.

ރައީސް ސާލިހާއި، އަނބިކަނބަލުން ފަޒްނާ މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ. ރައީސް ސާޅިހުގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 ގައެވެ.

ރައީސް ސޯލިހު މުލިއާގެއިން ބަދަލުވެވަޑައިގެންނެވި އެ ގޮޅަށް ދެން ވަޑައިގަންނަވާނީ މިމަހުގެ 17 ގައި ހުވާ ކުރައްވައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މިއަދު ފާހަގަ ކުރަމުން މި ދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 55 އަހަރު ފުރޭ ތާރީހީ މުނާސަބަތެވެ.

މިއީ މިއަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު، ގައުމާ މުޚާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.